ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ތެޔޮ ޝެޑު ގާއިމް ކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދެއް-- ސަން ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފިއުލް ޝެޑު ގާއިމްކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ނިމި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން އާބާދުވާނެތީ، ދެވަނަ ފިޔަވަހީގައި އަސާސީ ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

އެޗްޑީސީ އިން ވަނީ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑު ގާއިމްކޮށް ހިންގާނެ ފަރާތެއް ހޯދަން އިއްޔެ އިއުލާނުކޮށްފަ އެވެ.

އެ ކުންފުނީ ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑް ހެދުމަށް އިއުލާނުކޮށްފައިވަނީ ދެވަނަ ފިޔަވަހީގެ ޕްލޮޓް ނަންބަރު ގެ ޕްލޮޓް އާރްޑީ-4 (އޭ) (7،327.20 އަކަފޫޓު) އަދި އެން4 -24(ސީ) (10،179.31 އަކަފޫޓު) ގައެވެ.

މިތަނުން އާރްޑީ-4 (އޭ) ގައި ޕެޓްރޯލް ޝެޑެއްގެ އިތުރުން ކާ ވޮޝް އެއް ތަރައްގީކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މީގެ އިތުރުން އަދި އެން4 -24(ސީ) ޕްލޮޓުގައި ގާއިމްކުރާ ޝެޑުގައި ފުރޮޅުބެއްދުމާއި ފުރިޅު ބަދަލުކުރުން ފަދަ ހިދުމަތްތައް ލިބޭ ކުޑަ ގަރާޖެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ ޝެޑުންވެސް ސެލްފް ސާވިސްް އަދި ފުރޮޅަށް ވައިޖެހޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕެޓްރޯލްޝެޑު ގާއިމްކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަންުް ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ ޕްރީ ޕްރޮޕޯސަލް މީޓީން މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް