ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލައިފި

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި ---

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލީ ޔޫތު ސެންޓަރު ގޯތި ތެރޭގައި އޮންނަ ފުޓްސަލް ދަޑުގައި އަޅާފައި އޮތް މެޓުގައި އަލިފާން ރޯކޮށްފައިވާ މައްސަލައެއް މިރޭ 19:54 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ވިލިނގިލިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓުތަކުގެ 80 ޕަސެންޓް އަނދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓުކުރީ މަގުމަތިން ހިނގާފައި ދަނިކޮށް މަންޒަރު ދުށް މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުޅިއަކުން ޕެޓްރޯލް ކަހަލަ އެއްޗެއް އަޅާފައި ރޯކޮށްފައި ހުރީ. އެއް ދިމާލަކުންނެއް ނޫން، އެކި ދިމަދިމާލުން ރޯކޮށްލާފައި ހުރީ،" އޭނާ ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް