މިދިޔަ އަހަރު އެންމެ ގިނަ މީހުން އަޑުއެހީ ޓޯއީގެ ލަވަތައް، ދެވަނައިގައި އަލީ ރަމީޒް

ރާއްޖޭގެ މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ލަވަފޮށި" މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު އަޑުއެހީ ރެޕް ލަވަކިޔުންތެރިޔާ މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ)ގެ ލަވަތަކަށް ވެއްޖެ އެވެ.

ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓު، ޓޯއީ އަށް ލިސްޓުގެ އެއްވަނަ ލިބުނީ 919،916 ޕްލޭޒް އާއެކު އެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ މީހުން އަޑުއަހާފައި ވަނީ އަލީ ރަމީޒުގެ ލަވަތަކެވެ. އަލީ ރަމީޒުގެ ލަވަތަކަށް 792،608 ޕްލޭޒް ލިބިފައިވެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ވެސް އަލީ ރަމީޒް އޮތީ ލިސްޓުގެ ދެވަނައިގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު 1.1 މިލިއަން ޕްލޭ އާއެކު ލިސްޓުގެ އެއްވަނަ ހޯދީ ރެޕް ލަވަކިޔުންތެރިޔާ މުހައްމަދު މާހިދު (މާޓު) މިފަހަރު ހިމެނުނީ ލިސްޓުގެ ތިން ވަނައިގައެވެ. އެއީ 497،524 ޕްލޭޒް އާއެކު އެވެ.

މިދިޔަ އަހަރުވެސް ސިމްބޮލިކް އިން ވަނީ ލަވަފޮށީގައި އަޑުގަދަކޮށްލައިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ގަދަ 10 ގައި ސިމްބޮލިކްގެ ހަތަރު އާޓިސްޓުން ވަނީ ހިމެނިފަ އެވެ.

މިއަހަރުގެ އެންމެ މަގުބޫލު އާޓިސްޓުން އެތުރިފައިވާ ގޮތް:

1. ޓޯއީ (919،916 ޕްލޭ)
2. އަލީ ރަމީޒް (792،608 ޕްލޭ)
3. މާޓު (497،524 ޕްލޭ)
4. ޕެސްޓް (359،005 ޕްލޭ)
5. އުމަރު ޒާހިރު (318،017 ޕްލޭ)
6. ތުއްތު ޕާކް (237،740 ޕްލޭ)
7. ޓްރޯ (193،692 ޕްލޭ)
8. ރައިޑޭ (183،570 ޕްލޭ)
9. ބްލޫބެރީ ވޯޓާޒް (162،172 ޕްލޭ)
10. މުޚުތާރު (130،546 ޕްލޭ)

comment ކޮމެންޓް