ގަތަރު އެއާވޭސް އިން ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓު

ގަތަރު އެއާވޭސްގެ ފްލައިޓެއް ވީއައިއޭ އަށް ޖައްސަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަަތުރުތައް އަނެއްކާވެސް އިތުރުކޮށްފިއެވެ.

މީގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދުވާލަކު ތިން ފްލައިޓު ބޭއްވި އިރު، މިހާރު ދުވާލަކު ހަތަރު ދަތުރު ބާއްވަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި އިރު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފެށީ ގަތަރު އެއާވޭސް އިންނެވެ.

ރާއްޖޭގެ ޓޫރިޒަމަށް ދިރުން އަންނަމުންދާއިރު ގަތަރު އެއާވޭސް އަކީ މުހިއްމު މަންޒިލުތަކަކުން ރާއްޖެއަށް ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.

މިވަގުތު 25 އަށް ވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާއިރު ބައެއް އެއާލައިނުތަކުން ކުރާ ދަތުރުތައް ވަނީ އިތުރު ކުރަން ފަށައިފައެވެ. އާ އަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން، އިއްޔެގެ ނިޔަލަށް 163،165 ޓޫރިސްޓުން އައިސްފައިވެއެވެ.

comment ކޮމެންޓް