ލޮޓަސްގެ ސޮކޯނަޓް ޗޮކްލެޓް ސްޕްރެޑް، އަނގަޔަށް މީރު ޖީބަށް ލުއި

ޗޮކްލެޓް ސްޕްރެޑު ކަމުދާ މީހުންނަށް ހާއްސަކޮށްގެން ލޮޓަސް ފިހާރައިން ވަނީ ސޮކޯނަޓް ޗޮކްލެޑް ސްޕްރެޑް ތައާރަފުކޮށްފައި --- ފޮޓޯ: ލޮޓަސް

ދުވަހުގެ އެންމެ މުހިއްމު ނާސްތާ އަކީ ހެނދުނު ސަޔެވެ. ކޮފީ އެއް ނޫނީ ސައިތައްޓަކާއެކު ބިސްގަނޑަކާ ޕާން އަދި ކޮންމެވެސް ކަހަލަ ޖޭމެއް ނޫނީ ޗޮކްލެޓް ސްޕްރެޑެއް ބޭނުންކުރެއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ޕާން ނޫނީ ބަނަސް އަދި ބައެއް ފަހަރު ރޮއްޓާއެކުވެސް ޗޮކްލެޓް ސްޕްރެޑް ހަމަ ވަރަށް ކަމުދެއެވެ.

ހެނދުނުގެ ސައި ގަޑީގެ އިތުރުން ދުވަހުގެ ކޮންވެ ވަގުތެއްގައިވެސް ސްނެކެއް ކައިލަން ބޭނުންވިޔަސް ޕާންފޮއްޗެއްގައި ޗޮކްލެޓް އުނގުޅާލައިގެން ކާލުމުން ދެން އެ ލިބެނީ ބޮޑު ހިތްހަމަޖެހުމެކެވެ. ބައެއް ފަހަރު ބޮޑު ސަމްސަލެއްގެ ޗޮކްލެޓް ސްޕްރެޑު އަނގައަށް ލައިގެން އެންޖޯއި ކޮށްލުމަކީ ދެން ވަރަށް އުފާވެރި އިހުސާސެކެވެ.

ޗޮކްލެޓް ސްޕްރެޑު ކަމުދާ މީހުންނަށް ހާއްސަކޮށްގެން ލޮޓަސް ފިހާރައިން ވަނީ ސޮކޯނަޓް ޗޮކްލެޑް ސްޕްރެޑް ތައާރަފުކޮށްފައެވެ. ޖީބަށްލުއި، އަނގައަށް މިރު ސޮކޯނަޓް ޗޮކްލެޓް ސްޕްރެޑަކީ ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި، ޕާންފޮތީގައި އުނގުޅާލައިގެން ކާލަން ކަމުދާނެ އުފެއްދުމެކެވެ.

ސޮކޯނަޓްގެ 400 ގްރާމް ޓަބެއް ލޮޓަސް ފިހާރައިން 42 ރުފިޔާ އަށް ލިބޭނެއެވެ. މި ހެޒްލްނަޓް ޗޮކްލެޓް ސްޕްރެޑަކީ ދުވަހުގެ ފެށުމުގައި މީރު ރަހަ ލައްވާލުމަށް ކޮންމެހެންވެސް އަޖުމަ ބަލާލަން ޖެހޭވަރުގެ އުފެއްދުމެކެވެ. ޕޭންކޭކާއި ވަފްލްސް އާއެކުވެސް ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކާލަން އެންމެ ކަމުދާނެ ޗޮކްލެޓް ސްޕްރެޑަށް ސޮކޯނަޓް ވާނެއެވެ.

comment ކޮމެންޓް