ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭގެ ގެސްޓް ހައުސްއެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއް ރޭގެ 19:30 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

އެ މައްސަލައާ ގުޅުންހުރި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން ގެސްޓް ހައުސްއެއްގައި މީހަކާ ސުވާލު ކުރާ މަންޒަރުތަކެއް އެ ވީޑިއޯއިން ފެނެއެވެ. ޖިންސީ ގޯނާވި މީހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްތޯ، އެ ވީޑިއޯގައި މީހަކު އަހައެވެ. އެތަނަށް ފުލުހުންވެސް ހާޒިރުވެފައިވާކަން ވީޑިއޯއިން އެނގެއެވެ.

comment ކޮމެންޓް