އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ދެ ދުވަސް

1441 ވަނަ އަހަރުގެ އަޟްހާ އީދުގެ ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިފެށޭ 2021 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ އިތުރުން އިތުރު ދެ ދުވަސް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ޖުލައި ވާ އާދިއްތަ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖުލައި މަހުގެ 19 ވާ ދުވަސް ދިމާވަނީ ހައްޖު ދުވަހާ އެވެ. އެހެންކަމުން އާދިއްތަ ދުވަސް ބަންދުކޮށްފައިވަނީ ހަފްތާ ބަންދަށްފަހު ހައްޖު އަދި އީދު ބަންދާ ދިމާކޮށް އަންނަ ބަންދު ނޫން ދުވަހަކަށް ވާތީ އެވެ. ޖުލައި 25 ބަންދު ކޮށްފައިވަނީ މިނިވަންދުވަހާއި، އޭގެ ކުރިން އަންނަ ހަފްތާ ބަންދާ ދިމާކޮށް އަންނަ ރަސްމީ ދުވަހަށް ވާތީ އެވެ.

އާންމުކޮށް ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އަހަރަކު 18 ދުވަސް ލިބެ އެވެ.

comment ކޮމެންޓް