ތިން ވަނަ ޑިވިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިންވަނަ ޑިވިޝަންގެ ކުއާޓަރ ފައިނަލްގައި ޕޮލިސް ކުލަބް އާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެތެރެއިން: މި މެޗް ނިމުނީ 1-0ން ދިވެހި ސިފައިންގެ ކްލަބު މޮޅުވެ، ސެމީން ޖާގަ ހޯދައިގެން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރުގެ ތިންވަނަ ޑިވިޜަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

މިއަހަރުގެ ތިންވަނަ ޑިވިޜަން މުބާރާތް ކޮވިޑް-19 ގެ ސަބަބުން ވަނީ ކުޅުން ނުފެށެނީސް މެދުކަނޑާލައި، އޭރު ކުރިއަށް ދިޔަ ސީޒަން އެކީ އެކަށްޗަކަށް ކެންސަލް ކޮށްފަ އެވެ. އެއާ އެކު މި އަހަރަށް ރޭވިފައި އޮތް ގިނަ މުބާރާތްތައް ކެންސަލްވެގެން ދިޔައިރު، އެފްއޭއެމްއިން މިހާރު ވަނީ އަންނަ އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން ފެބްރުއަރީ އެކެއްގައި ފެށުމަށް ހަމަޖެހިފައިވާ ތިންވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ސްޕޯރޓްސް ކޮމިޝަންގައާއި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ އެފްއޭއެމުގެ މެމްބަރު ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެމްބަރު ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ސްޕޯރޓްސް ކޮމިޝަންގެ ރަޖިސްޓްރީއާއި އެއްކޮށް 05 ޖެނުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އަދި "ފީފާ ކަނެކްޓް ސިސްޓަމް"ގައި މިމުބާރާތުގައި ބައިވެރިވާ ކުލަބް ރަޖިސްޓްރީ ކުރަން ބޭނުންވާ ޑޮކިއުމެންޓްތައް އެ އިދާރައިން ކަމާ ބެހޭ އިއުލާންގައި ޝާއިޢު ކޮށްފައިވާ ވެބްސައިޓަށް ފޮނުވުމަށް އެފްއޭއެމުން ވަނީ އެދިފަ އެވެ.

ފީފާ ކަނެކްޓް ސިސްޓަމަށް ބޭނުންވާ މައުލޫމާތުތައް:

1- ކުލަބް އުފެދުނު ތާރީޙް

2- ހޯމް އެފެއާރސް ކުލަބް ރަޖިސްޓްރޭޝަން

3- ސްޕޯރޓްސް ކޮމިޝަން ކުލަބް ރަޖިސްޓްރޭޝަން

4- ކުލަބް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް

5- ކުލަބާއި ކޮންޓެކްޓް ކުރެވޭ ފަރާތް

6- ކުލަބްގެ އީމެއިލް އެޑްރެސް

7- ކުލަބްގެ ބޭންކް އެކައުންޓް ނަންބަރު

8- ކުލަބްގެ ބޯޑު މެމްބަރުންގެ ލިސްޓް (ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ)

9- ކުލަބްގެ ސްޓްރަކްޗަރ (އޮގަނައިޒޭޝަން ޗާރޓް)

10- ކުލަބްގެ ކޯޑް އޮފް ކޮންޑަކަޓް

11- ކުލަބްގެ މުއައްސަސުން

12- ކުލަބްގެ ޕާރޓްނަރުންގެ ލިސްޓް

13- ކުލަބްގެ އޮފިޝަލުންގެ ލިސްޓް

14- ކުލަބްގެ ސްޓެޓިއުސް

15- ކުލަބްގެ މުވައްޒަފުންގެ ލިސްޓް

16- ޑިކްލެރޭޝަން (ބޯޑް ރިޒޮލިއުޝަން)

comment ކޮމެންޓް