ތިނަދޫ ޕޯޓް ތަރައްގީކުރަން އެމްޓީސީސީ އަށް

ތިނަދޫ ޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރުން -- ފޮޓޯ: އެމްޓީސީސީ

(ގދ ތިނަދޫއިން): ގދ ތިނަދޫގައި އަޅާ ސަރަހައްދީ ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެގްރިމެންޓުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

ތިނަދޫ ޕޯޓު ގާއިމްކުރުމަށް އެރަށުން އެއްލައްކަ އަށްހާސް އަކަފޫޓުގެ ބިމެއް އެރަށުން ވަނީ އެމްޕީއެލް އަށް ދީފައެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީ ކުރާ ސަރަހައްދުގައި 4500 ކިއުބިކް މީޓަރުގެ ފަޅު ފުން ކުރާނެއެވެ. އަދި އެ ސަރަހައްދުގެ ބިން އެއްވަރުކޮށް، ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެނޭޖު ސިސްޓަމް ގާއިމް ކުރާނެ އެވެ.

މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ.

https://sun.mv/147053

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓަށް ބޭނުންވާ ގުދަން ހެދުމާއި އެޑްމިނިސްޓްރޭޓިވް އިމާރަތް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ ހަފްތާ އެއް ތެރޭ އެމްޓީސީސީ އާ ހަވާލު ކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަމާޒަކީ ތިނަދޫ ޕޯޓުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުން ކަމަށެވެ.

ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރުގެ އޮޕަރޭޝަންތައް ފެށުމަށް 3.36އަންނަ އަހަރުގެ ބަޖެޓުގައި މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް