ދިރާގު މިނީ ޑޭޓާ ބަންޑްލް އެކްޓިވޭޓްކޮށްގެން 100 ޕަސެންޓު އިތުރު ޑޭޓާ

އަހަރު ނިމުން ފާހަގަކުރުމަށްޓަކައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭ ބަންޑަލްއެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ތައާރަފުކުރި 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލް އެކްޓިވޭޓް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް ވެސް 1.5 ޖީބީގެ ބަދަލުގައި ތިން ޖީބީގެ ޑޭޓާ އެލަވަންސް ލިބިގެންދާނެ އެވެ.

ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެކްޓިވޭޓު ކުރެވޭ މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ރާވާފައިވަނީ މިއަންނަ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފަ އެވެ.

މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލުމުގެ އިތުރުން ހިލޭ "ޕާކްސް" ވެސް ލިބޭނެ އެވެ.

އާ ކޮމްބޯ ޕްލޭންތައް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް