ސަޓާގެ ލީޑިން ގެސްޓްހައުސް އެވޯޑު ރިވެރީސް އަށް

ރިވެރީސް ޑައިވިން ވިލެޖް ސާފް އެންޑް ސްޕާ މޯލްޑިވްސް -- ފޮޓޯ// އަގޯޑާ

ދެކުނު އޭޝިއާ ސަރަހައްދުގައިދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އެޝިއަން ޓްރެވަލް އެވޯޑް (ސަޓާ)ގެ ލީޑިން ގެސްޓްހައުސް އެވޯޑް ލ. ގަމުގައި ހިންގާ ރިވެރީސް ޑައިވިން ވިލެޖް ސާފް އެންޑް ސްޕާ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

މިއީ އެ ގެސްޓްހައުސް އަށް މި އެވޯޑު ލިބުނު ހަތަރުވަނަ ފަހަރެވެ.

ރިވެރީސް ޑައިވިން ވިލެޖަކީ 20 ކޮޓަރި އަދި އެއް ޕްރައިވެޓް ބަންގަލޯ އާއެކު ޓުރިސްޓުންނަށް ގިނަ ހިދުމަތްތަކާއެކު ހިންގާ ގެސްޓްހައުސް އެކެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގައި ރައްޖޭގެ ލީޑިން ގެސްޓްހައުސްގެ އެވޯޑާއި ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިންގެ އެވޯޑުގެ އިތުރުން 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ ސަޓާ އެވޯޑްސްގެ ލީޑިން ގެސްޓްހައުސް އެވޯޑުގެ އިތުރުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގެ ލީޑިން އެޑްވެންޗާ ގެސްޓްހައުސް އިން މޯލްޑިވްސް އެވޯޑާއި މޯލްޑިވްސް ޓްރެވަލް އެވޯޑް 2018ގެ ގެސްޓްހައުސް އެޑިޝަނައި ލީޑިް ގެސްޓްހައުސްގެ އެވޯޑު އަދި ޓްރިޕް އެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑު 2020 ވަނަ އަހަރު ރިވެރީސް އަށް ވަނީ ލިބިފަ އެވެ.

މެއިން ރެސްޓޯރެންޓަކާއި ރޫފް ޓޮޕް ފައިން ޑައިނިންގެ ހިދުމަތް އަދި ސްވިމިން ޕޫލްގެ ހިދުމަތްވެސް އެތަނުން ދޭއިރު، މުނިފޫހިފިލުވުމާއި އެކްސްކާޝަންގެ ގިނަ ހިދުމަތްތައް އެތަނުން ދެއެވެ. އޭގެތެރޭ ސާފިން، ޑައިވިން ސްނޯކްލިން އަދި މަސްދަތުރުތަކާއި ސްޓާ ވޯސް ފިލްމުގެ ސީންތައް ލ. އަތޮޅުގައި ނެގި ސައިޓު ސީއިން ހަރަކާތްވެސް ހިމެނެ އެވެ.

ސްޓާވޯޒް ފްރެންޗައިޒްގެ އަށް ވަނަ ފިލްމު "ރޯގު ވަން" ލ. އަތޮޅުގައި 2015 ވަނަ އަހަރު ޝޫޓު ކުރި އިރު، އެ ފިލްމުގެ ކްރޫއިން ތިބީ ރިވެރީސްގަ އެވެ.

comment ކޮމެންޓް