ސަޓާގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑު މޯލްޑިވިއަންއަށް

މޯލްޑިވިއަންގެ ފްލައިޓެއް-- ސަން ފޮޓޯ/ފަޔާޒު މޫސާ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2020ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑު ގައުމީ އެއާލައިން މޯލްޑިވިއަންއަށް ލިބިއްޖެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ސަޓާ އެވޯޑު ހަފްލާ ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ.

ވާޗުއަލް ހަފްލާގައި އެވޯޑާ ހަވާލުވެވަޑައިގެން ދެއްވި މެސެޖުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިއަހަރަކީ މި އިންޑަސްޓްރީއަށް ދަތިތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ.

އެހެން ނަމަވެސް ވައިގެމަގުން ގުޅުވައިދިނުމަށް މޯލްޑިވިއަންގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތަށް ޖެނިފާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހަމައެއާއެކު ޓޫރިޒަމްއާއި އޭވިއޭޝަންއަކީ ގުޅިލާމެހިފައިވާ ދެ ސިނާއަތްކަން ފާހަގަކުރައްވައި ޖެނިފާ ވިދާޅުވީ މި އެވޯޑު ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ކެޓަގަރީން މީގެ ކުރިން ދެ އަހަރަކު މޯލްޑިވިއަންއަށް ވަނީ ސަޓާ އެވޯޑު ލިބިފަ އެވެ.

comment ކޮމެންޓް