އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އިތުރުކޮށްފި

އެމިރޭޓްސްގެ ފްލައިޓެއް ވީއައިއޭ ގައި --- ފޮޓޯ: އެމްއޭސީއެލް

އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މީގެ ކުރިން އެ އެއާލައިނުން ރާއްޖެ އާއި ދުބާއީ އާއި ދެމެދު ދުވާލަކު ދެ ފްލައިޓު ބޭއްވި ނަމަވެސް މިދޔަ ހުކުރު ދުވަހުން ފެށިގެން މި އަދަދު ވަނީ ދުވާލަކު ތިން ފްލައިޓަށް އިތުރުކޮށްފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އަލުން ހުޅުވާލިފަހުން ރާއްޖެ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައި ވަނީ އެމިރޭޓްސް އިން ނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެ އަށް ދަތުރުފެށި ދެވަނަ އެއާލައިނަކީ އެމިރޭޓްސް އެވެ.

ޓޫރިޒަމް މިނިސްތްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން ޑިސެމްބަރު ހަތެއްގެ ނިޔަލަށް އެމިރޭޓްސް އިން 29،175 ފަސިންޖަރުން ރާއްޖެ އަށް އުފުލާފައިވެއެވެ. އެއީ 316 ފްލައިޓު މޫމަންޓެވެ.

އެމިރޭޓްސްގެ ދަށުން ހިންގާ ފްލައި ދުބާއީ އިންވެސް ރާއްޖެ އަށް ދަތުރު ކުރާއިރު ޔޫއޭއީގެ އިއްތިހާދު އެއާލައިނުންވެސް ރާއްޖެ އަށް ދަނީ ދަތުުރު ކުރަމުންނެވެ.

comment ކޮމެންޓް