މަސް މާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

މާރުކޭޓު ސަރަހައްދުން ފަޅު ތެރެއަށް ވެއްޓުނު ޕިކަޕު މޫދު އަޑީގައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 18:42 އެހާކަންހާއިރު، މާލޭ މާރުކޭޓު ސަރަހައްދު ކައިރިން ފަޅުތެރެއަށް ޕިކަޕެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޕިކަޕު މޫދަށް ވެއްޓުނީ ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.

comment ކޮމެންޓް