މެރިން އެކްސްޕޯ ވާޗުއަލްގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ

ރާއްޖޭގެ ލިވަބޯޑް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ ވާޗުއަލްގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވާޗުއަލްކޮށް ބާއްވާ މެރިން އެކްސްޕޯ ކުރިއަށްގެންދާނީ މިމަހުގެ 20، 21 އަދި 22 ވަނަ ދުވަހުގަ އެވެ.

މިއަހަރު މި އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން ހަމަޖައްސާފައިވާއިރު، މިދިޔަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކީވެސް އަލްޝާލީ މެރިން އެވެ.

އަލްޝާލީ މެރިންއަކީ ލިވަބޯޑް ދާއިރާގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކުންފުންނެވެ. އެކުންފުނިން ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ މެރިން އެކްސްޕޯތަކުގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައި، މި ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ އެހެން އެވޯޑު ހަފްލާތަކުގައި އެވޯޑުތައް ހާސިލުކޮށްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ މެރިން އެކްސްޕޯގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓަކަށް ހޮވުނީ އަލްޝާލީ މެރިން މޯލްޑިވްސްގެ އެކްޝަން 25 ފިޝިން ލޯންޗެވެ.

ހަމައެއާއެކު އެންމެ ފަހުން ބޭއްވި ބޯޓިން އެވޯޑު ހަފްލާގައި ވެސް ތިން އެވޯޑެއް އަލްޝާލީ މެރިންއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ؛

  • ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 5-10 މީޓަރުގެ އެވޯޑު (އަލްޝާލީގެ އެކްޝަން 25)
  • ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 10-15 މީޓަރުގެ އެވޯޑު (އަލްޝާލީގެ ކޯސްޓް ކްރާފްޓް 38 ޕްލަސް)
  • ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 45-15 މީޓަރުގެ އެވޯޑު (އަލްޝާލީގެ އައިލެންޑް ހޮޕާ 50)

އެންމެ ފަހުން ބޭއްވި ބޯޓިން އެވޯޑު ހަފްލާގައި ތިން އެވޯޑެއް އަލްޝާލީ މެރިންއިން ވަނީ ކާމިޔާބުކޮށްފައި--
މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މެރިން އެކްސްޕޯގައި ވެސް މުޅިން އައު ވެސެލްއެއް ތައާރަފުކުރާނެ ކަމަށް އަލްޝާލީއިން ބުނެ އެވެ.

މިއަހަރުގެ ބޮޑު ބައެއް ކޮވިޑް19 ޕެންޑެމިކްގައި ފާއިތުވެގެންދިޔައިރު، އަލްޝާލީ މެރިންއިން ވަނީ ޕެންޑެމިކްގެ ތެރޭގައި ކަސްޓަމަރުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން އެކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކުގެ އަގު ހެޔޮކޮށް، ގަތުމުގައި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފަ އެވެ.

ޔޫއޭއީގެ އަލްޝާލީ މެރިންއާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ބަނުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އެއް ކުންފުންޏެވެ.

comment ކޮމެންޓް