މަޖިލީހުގެ ދައުރު 7 ޑިސެމްބަރާ ހަމައަށް ދަންމާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ހަތެއް ޑިސެމްބަރާއި ހަމައަށް ދަންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ތިން ވަނަ ދައުރު ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި ދައުރު ދިގުކުރަން ބޭނުން ވާނަމަ ޖެހޭނީ މަޖިލީހުގައި ވޯޓަށް އަހާށެވެ.

ދައުރު ދަންމާލަން މިއަދު މަޖިލީހުގެ ތަޅުމުގައި 48 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މަޖިލީހުގެ ދައުރު ދަންމާލަން މިއަދު ފާސްކުރި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ. މިހާރު ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމައި ތަޅުުގައި ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާ ވަނީ ފަށާފަ އެވެ.

މަޖިލިސް ޗުއްޓީއަށް ދާނީ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް