މެތިއު ޕެރީ އެންގޭޖްވެއްޖެ

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ނުކުތް ކާމިޔާބު ޓީވީ ސީރީޒް "ފްރެންޑްސް" އިން ބޮޑު މަގްބޫލުކަމެއް ހޯދި މެތިއު ޕެރީ،51، އެންގޭޖްވެއްޖެ އެވެ.

ފްރެންޑްސްގައި ޗޭންދްލާގެ ރޯލު ކުޅުނި މެތިއު އެންގޭޖްކުރީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ މޯލީ ހާވިޓްޒް، 29،އާ އެވެ. އެންގޭޖްވުމަށް ފަހު މެތިއު ބުނީ އެންގޭޖްވާން ހިތުލައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި އެންގޭޖްކުރިއިރު އެންމެ ހިތްވަރުގަދަ އަންހެން މީހާ އާ އެންގޭޖްކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މެތިއު އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޯލީ ހާމަކުރީ މިދިޔަ ލޯބިވެރިންގެ ދުވަހު އެވެ.

މެތިއު މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ލިޒީ ކަޕްލާން އެވެ. ދެހާސް ހަ ވަނަ އަހަރު ދެތަރިން ގުޅުނު އިރު އެމީހުންގެ ގުޅުމަށް ނިމުމެއް އައީ 2012 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް