އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާއާއި ކުރީގެ މިނިސްޓަރު ޝަފީއުގެ މަންމަ ނިޔާވެއްޖެ

ޖަމީލާ ހުސައިން ---

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއުގެ މަންމަ ހއ. އިހަވަންދޫ، ވައިޖެހޭގެ، ޖަމީލާ ހުސައިން ނިޔާވެއްޖެއެވެ.

މައިމޫނާގެ މަންމަ ނިޔާވިކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުމޫނާގެ މަންމަ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު ހެނދުނު 10:22 ހާއިރު އެވެ.

އެޗްއީއޯސީން ވަނީ އެއީ ކޮވިޑް19 ގެ މަރެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. އަދި އާއިލާއަށް ދިމާވެފައިވާ ދަތި ވަގުތުގައި، އާއިލާއަށް ޕްރައިވެސީ ދިނުމަށް ވެސް އެޗްއީއޯސީން ވަނީ އެދިފައެވެ.

ޖަމީލާ ހުސައިން ނިޔާވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއާއި ކުރީގެ މިނިސްޓަރު އަހްމަދު ޝަފީއުގެ އިތުރުން، ޖަމީލާގެ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު، މީރާގެ ޑެޕިއުޓީ ކޮންޓްރޯލަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަފީއު ހިމެނެއެވެ.

comment ކޮމެންޓް