މިއަދު ޕޮޒިޓިވްވީ 35 މީހުން، 36 މީހުން ރަނގަޅުވި

މެއި 14، 2020 އާރްއާރްޓީ ޓީމުތައް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 35 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، 36 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ތިން މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހުންނެވެ.

މިއަދު ބަލިން ރަނގަޅުވި 36މީހުންނާއެކު، ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،717އަށް އަރާފަ އެވެ.

މިހާތަނަށް ރާއްޖެއިން 12،889 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. މިވަގުތު ބަލި ޖެހިފައި ތިބީ 1119 މީހުންނެވެ. އޭގެ ތެރެއިން މިވަގުތު 95 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަ ދެ އެވެ.

މިހާތަނަށް ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދަކީ 46 އެވެ.

comment ކޮމެންޓް