މިސްކިތުގައި ނިދައި ކައިބޮައި ހަދާ މައްސަލައަށް ހައްލެއް ހޯދަނީ

މިސްކިތްތަކުގައި ނިދައި ކައިބޮއި ހަދާ މައްސަލައަށް ހައްލު ހޯދުމަށް ކޮމެޓީ އެއް އެކުލަވާލުން --- ފޮޓޯ: ހޯމް މިނިސްޓްރީ

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމް މިނިސްޓްރީ އިން ބުނީ އެކަމަށް ހައްލު ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން އިސްވެ މިމަސައްކަތް ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައިވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.

މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރުމަށް ފެށި މަސައްކަތެއް ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ މިނިސްޓްރީ އިން އިސްނަގައިގެން މި ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށީ އޭގެތެރެއިން ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް