ސައިފް އާއި ޕްރަބާސްގެ ‘އަދިޕުރުޝް’ އަޅުވާނީ 2022ގައި

ޕްރަބާސް ފެނިގެންދާ ފިލްމު—

އެކްޓަރު ސައިފް އަލީ ޚާން އާއި "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް" ރިލީޒްކުރާ ދުވަސްހާމަކޮށްފި އެވެ.

ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު އަދިޕުރުޝްގެ ޝޫޓިން އަންނަ އަހަރު ފަށާއިރު މި ފިލްމު ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ބަތަލާ އަދި ހާމަކޮށްފައިނުވާއިރު ފިލްމުގައި ސައިފް ކުޅެނީ ވިލަން އެއްގެ ރޯލެވެ.

އޯމް ރައުތު ޑައިރެކްޓްކުރާ މި ފިލްމުގެ ފަސްޓްލުކް މިހާރު ދައްކާލާފައިވާއިރު މި ފިލްމުގައި ބަތަލާގެ ރޯލުން ފެންނާނީ އަނުޝްކާ ޝަރްމާ ކަމަށް ކުރިން ޚަބަރުތައްބުންޏެވެ. ނަމަވެސް އެ ޚަބަރު ޕިންކްވިލާއިން ވަނީ ދޮގުކޮށްފައެވެ. މަންމަ އަކަށްވާން އުޅޭ އަނުޝްކާ މި ވަގުތު އެންމެ ބޮޑު އިސްކަމެއްދޭނީ ދަރިފުޅަށްވކަމަށާއި އަނުޝްކާ ދެން އެނބުރި ސްކްރީނުން ފެންނާނީ އަންނަ އަހަރު ފަހުކޮޅުގަ އެވެ. އެހެންކަމުން އޭނާ މި ފިލްމު ނުކުޅޭނެ ކަން މިހާރު މިވަނީޔަގީންވެފަ އެވެ.

comment ކޮމެންޓް