އަކުރަމް އަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ މީހެއް ނޫން: ޝަރީފު

ނޮވެމްބަރ 6، 2016: އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކުރަމްއާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އަކުރަމް އަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ މީހެއް ނޫން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކުރަމް އެ ކޮމިޝަނުގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް މިއަދު އޭނާ ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ ކޮމިޝަނުން ވަކި ކުރަން މަޖިލީހުގެ މިނިވަން މުއައްސަަސާ ކޮމިޓީއިން ނިންމާފައި ވަނިކޮށެވެ.

އަކުރަމް އިސްތިއުފާ ދެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކޮމިޝަނުގެ ރައީސް ޝަރީފު މިއަދު ވިދާޅުވީ، އަކުރަމް އަކީ އީސީއަށް ގެއްލިގެން ދިޔަ "ހުނަރުވެރި، ގާބިލު ހިންގުންތެރިއެއް" ކަމަށެވެ.

އޭގެ އިތުރުން އަކުރަމް އަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކޮށްފާނެ މީހެއް ނޫން ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި އަކުރަމް ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން، ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

އޭނާ އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ނިންމާފައިވާތީ، އެ ކޮމިޓީގެ އިތުބާރު ނެތި، މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށެވެ.

އަކުރަމް އީސީގެ މެންބަރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ މާޗްމަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް

comment ނާއިލާ

4 year 5 month ago

ރިޔާސީ އިންތިހާބުގައި ހެދި މަކަރު ފަޅާ އަރުވާލަފާނެތީ އީސީ ޝަރީފު ބިރުން ތިތެޅެނީ. އަމުދުން މިހާރު ނޫޅޭ މީހަކު ތިކަން ހޯދާކަށެއް.

comment ކުރީގެ މުވައްޒަފު

4 year 5 month ago

ސުބުހާނަﷲ. ޝަރީފު އެވެ. ތިވަރުގެ ބޮޑު ދޮގު ހަދަން ހެޔޮވެސް ނުވާނެއެވެ. އަޅުގަނޑު ތިތަނަށް ވަތް ދުވަހު މަނިކުފާނު އަޅުގަނޑު ކައިރީގައި ވިދާޅުވި ވާހަކަ އަދިވެސް ހަނދާން އެބަހުއްޓެވެ. އީސީގައި ސެކްޝުއަލް ހެރެސްމެންޓް އޮންނަ ކަމާއި، ވިސްނައިގެން އުޅުމަށާއި އަދި ބައެއް މެމްބަރުންނާއި ވީހާވެސް ދުރުން އުޅުމަށް ނަސޭހަތްތެރި ވީމެއް ނޫން ހެއްޔެވެ. އަކްރަމަކީ އަންހެން ކުދިންނާ ބެހުމުގައި އަރާ ހުރި މީހެކެވެ. މިކަމަކީ އީސީގެ ހުރިހާ މުވައްޒަފުންވެސް ދަންނަ ބޮޑު ސިއްރެކެވެ. ވަޒީފާގެ ބިރައްޓަކައި އެއްވެސް ކުއްޖަކަށް މައްސަލަ ޖައްސަން ނުކެރުނީއެވެ. ޝަރީފުއެވެ. މާދަމާވެސް މަރުވެދާނެއެވެ. އިސްލާޙްވެގެން ވީހާވެސް ގިނަ ހެޔޮ އަމަލުކުރެވޭތޯ ބައްލަވާށެވެ.

comment ރަންގުއި

4 year 5 month ago

އަކުރަމް އަކީ ޖިންސީ ފުރައްސާރަ ކުރާނެ މީހެއް ނޫން. ނަމަވެސްް އަޅުގނަޑާއިއެކު ރިޔާސީ އިންތިހާބުން ރިޓަޔަމެންޓް ޕެކޭޖް ނެގި މީހެއް. އަޅުގަނޑުމެން ދެ މީހުން ރިޔާސީ އިންތިހާބަށް 01 ހަފްތާއަށް ވެފައިވަނިކޮށް ލަންކާ މަަގުން ދުބާއީ މަގުން މެލޭޝިޔާއަށް ދިޔައީމު. އަޅުގަނޑުގެ ޕެކޭޖް ހުންނާނީ އޮސްޓްރޭލިޔާގައި އަޅުގަނޑުގެ ކޮއްކޮއާއި އަންހެނުންގެ ނަމުގައި. ދެން އަކުރަމް ހެދި ގޮތެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުމެންނަށް އިންޑިޔާ ސަރުކާރާއި ޖާބިރު ވަރަށް ހެޔޮފުޅު.

comment އަމީން އާންމު

4 year 5 month ago

އެއަށްވުރެ މާ މަކަުވެރި މީހެއ ދޯ؟ ޝަރީފް

comment ގަމާރު

4 year 5 month ago

ތީ އެއްގަލުން ފެހިކާ ދެ ގޮލާ