ޝިރުމީނާ ރަހީނުކުރި މައްސަލައިގައި ކުއްޖަކު ހައްޔަރުކޮށްފި

ޝިރުމީނާ: އޭނާ ރަހީނުކުރި މައްސަލައިގައި ކުޑަ ކުއްޖަކު ވަނީ ހައްޔަރުކޮށްފައި ---

ރ. ކިނޮޅަސް، ލަގްޒަރީ ޝިރުމީނާ އަބޫބަކުރު ރަހީނު ކުރި މައްސަލައިގައި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ޝިރުމީނާ ގެއްލިގެން ހޯދަމުން ދިޔައީ މިމަހު އެއް ވަނަ ދުވަހުއެވެ. އޭނާ ރަހީނުކޮށް އަނިޔާކޮށް ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިހާރު ދެވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ

"މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުރަތަމަަ މީހަކު ހަޔައްރު ކުރީ މިމަހު ތިން ވަނަ ދުވަހުއެވެ. އުމުރުން 31 އަހަރު އެ މީހާގެ ބަންދު އިއްޔެ ދެވަނަ ފަހަރަށް އިތުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން 15 ދުވަސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޝިރުމީނާގެ އާއިލާ އިން މީގެ ކުރިން "ސަން"އަށް ބުނެފައިވަނީ އޭނާ ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު ދޫކޮށްލީ 25،000 ރުފިޔާ ދިނުމުން ކަމަށެވެ. އަދި އެއީ ބަޔަކު ރަވައިގެން ކުރި ކަމެއް ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ.

ޝިރުމީނާ އަކީ މާލޭގައި ފިހާރައެއް ހިންގަމުން އަންނަ މީހެކެވެ.

https://sun.mv/145073

ގުޅޭ ޓެގު
comment ކޮމެންޓް