އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީއިން އެގޮތަށް ފާސްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް އެ ކޮމިޝަނުގެ މުވައްޒަފަކު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށް ފަހު އެވެ. އޭނާ ވަކިކުރަން ކޮމިޓީއިން ފާސްކުރިކަން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ރޮޒައިނާ ވިދާޅުވީ އަކްރަމް ވަކިކުރަން ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ވޯޓު ދެއްވި ކަމަށެވެ. ސީދާ އަދަދެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި މިއަދު އެ ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ އަކްރަމް ވަކިކުރަން ވޯޓު ދީފަ އެވެ.
އަކްރަމް ވަކިކުރަން ކޮމިޓީއިން ފާސްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ތަކާ ބެހޭ މާއްދާ އެވެ. ހަވާލާ ދިނީ އެމާއްދާގެ ސީދާ ކޮން ނަމްބަރަކަށް ކަމެއް ސާފެއް ނުވެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީން ބަލާފައި ވަނީ އަކްރަމް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެކެވެ. އެނގިފައިވާ ގޮތުގައި ވަރަށް ގިނަ މުވައްޒަފުންނަށް އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
comment ޞައމކ
4 year 5 month ago
ތީ ވަރައް ފުއްޕާފަ އުޅޭ މީހެއް
comment މާމީ
4 year 5 month ago
ރިއާސީ އިންތިޚާބުގެ ވޯޓު ވަގައްނަގާ ދިނީމަ ދޭއިނާމު ... ވަގަކައް ހާސްދުވަސް ވެރިއަކައް އެއްދުވަސް..
comment ކުޑޯ
4 year 5 month ago
ހުންނާނީ ރާކަނި މަސް ކެވިފަ. އެކަމު އަނެއްހެން ވޮރީއެެއް ނެތް، ރިޔާސީ އިންތިހާބުގައި ރިޓަޔާމެންޓް ޕެކޭޖް ވަނީ ނަގާފައި
comment ށުމަން
4 year 5 month ago
ވަކި ކުރުމަކުން ނުފުދޭ، އޭނަ ގެ ވިކްޓިމްސް އަށް އިންސާފު ލިބެން ޖެހޭ. ޢޭނާ ހައްޔަރު ކުރޭ ކަންބަލުން ނޭ!
comment ގެރިގުއި
4 year 5 month ago
ރަނގަޅު، ދެން ބޭޒާރު ވާނެ ވޯޓަށް ހެދި މަކަރު! އެކަމަކު މިހާރު މިލިޔަނަކަށްވެގެން ބޭރު ގައުމެއްގަ އުޅެ ިދާނެ!