އާކް އެއިޑް މެދުވެރިކޮށް ބީއެމްއެލްގެ އެހީ ފަސް އަތޮޅެއްގެ ކުދިންނަށް

---

ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް އިން 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ދަނީ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ، ހދ، މ، ފ، އަދި ދ އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މުސްތަގްބަލްގައި އިތުރު އަތޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާކް އިން މަސައްކަތްކުރަމުންދާނެ އެވެ.

މިދިޔަ މެއި މަހުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް