މާދަމާ ރައީސް ގައުމާ މުހާތަބު ކުރައްވާނެ

މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ރައީސް މާދަމާ ގައުމާ މުހާތަބު ކުރައްވާނީ ހެނދުނު 10:00ގަ އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑުގެ ހާލަތާ ގުޅުގެން ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދޭން ންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމާއި ހާއްސަ އިނާމު ދިނުމަށް ފަހުން ވަކި ޖަލްސާ އެއް ބޭއްވުމަށެވެ. އެ ޖަލްސާ ބާއްވާނެ ދުވަސް ފަހުން އިއުލާނު ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް