ކުރި ޓުވީޓަކާ ގުޅިގެން ޒިމްބާބްވޭގެ މަޝްހޫރު ނޫސްވެރިއަކު ޖަލަށް

ޖަލަށް ލި ނޫސްވެރިޔާ ހޯޕްވެލް ޗިނޯއޯ--

ކުރި ޓުވީޓަކާ ގުޅިގެން ޒިމްބާބްވޭގެ މަޝްހޫރު ނޫސްވެރިއާ ހޯޕްވެލް ޗިނޯއޯ ޖަލުގައި ބަންދުކޮށްފި އެެވެ.

އޭނާ ޖަލަށް ލައިފައިވަނީ ރަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މީހަކަށް ކޯޓުން އިއްވި ހުކުމް ޓުވީޓުކޮށްގެންނެވެ.

ހަމނުޖެހުން އުފައްދަން މަސައްކަތް ކުރާކަމަށް ބުނެ އޭނާ މިިދިޔަ ޖުލައި މަހު ހައްޔަރުކުރި އެވެ. ނަމަވެސް ޝަރުުތުތަކަކާއެކު އޭނާ ކަފާލާތުގެ ދަށުން ސެޕްޓެމްބަރުގައި ދޫކޮށްލި އެވެ. މިފަހަރު އޭނާ ހައްޔަރުކުރީ އެ ޝަރުތުތަކާ ހިލާފުވެ ޓުވީޓު ކުރިކަމަށް ބުނެ އެވެ.

ޒިމްބާބުވޭގެ މައިނާސް ފެޑެރޭޝަންގެ ވެރިޔާ، ހެންރީޓާ ރުޝްވަޔާ ވެސް ދާދި ފަހުން ވަނީ ހަ ކިލޯގެ ރަނާއެކު ޑުބާއީއަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިޔާ ކުރި ޓުވީޓުގައި ބުނީ ހެންރީޓާގެ ޕްރޮސިކިއުޓަރުންނާ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށެވެ.

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގެ ކޯޓަކުން ނިންމާފައިވަނީ އެގައުމުގައި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޖަލުގައި ނޫސްވެރިޔާ ބަންދުކުރުމަށެވެ. އެ ޖަލަކީ އުމުރު ދުވަހުގެ ހުކުމް ތަންފީޒު ކުރާ މީހުންނާއި މަރަން ހުކުމް ކޮށްފައި ތިބޭ މީހުން ބައިތިއްބާ ޖަލެއްވެސް މެެއެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް