"ގަންޕަތު"ގައި ޓައިގާ އާއެކު ފެނިގެންދާނީ ނުޕޫރު އާއި ނޯރާ

ޓައިގާ ޝްރޮފް އާއެކު ގަންޕަތު އިން ފެނިގެންދާނީ ނޯރާ އާއި ނުޕޫރު---

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލު ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ ފިލްމު "ގަންޕަތު"ގެ ކާސްޓަށް ނޯރާ ފަތެހީ އާއި ނުޕޫރު ސެނަން ގުޅިއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރާއި ނޯރާ މި ފިލްމަށް މިހާރު ހަމަޖައްސާފައިވާކަމަށް ރިޕޯޓްތައް ބުނިއިރު މި ދެތަރިން ވެސް ފެނިގެންދާނީ ލީޑު ރޯލުންނެވެ. އަންހެން ފުރަތަމަ ލީޑަށް ނުޕޫރު ހަމަޖެއްސިއިރު ނޯރާ ހަމަޖެއްސީ ދެވަނަ ލީޑަށެވެ.

ފިލްމުގެ ފަސްޓްލުކް ޓައިގާ އާއެކު އާންމުކޮށްފައިވާއިރު މި ފިލްމަކީ 2022 ވަނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސާއެއްގެ ރޯލެވެ. އެ ފިލްމު ކުޅުމަށް ޓައިގާ މިހާރު ޓްރެއިނިން ފަށާފައިވާއިރު ފިލްމުގެ މަންޒަރުތައް ޝޫޓްކުރަން ފަށާނީ އަންނަ މަހު ކަމަށް ހަބަރުތައް ބުނެ އެވެ. މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ އާއި ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް