މިޔަންމާގެ އިންތިހާބުގައި ރޮހިންގާ މީހުންނަށް ވޯޓު ނުލެވޭ

ރޮހިންގާގެ ބަޔަކު--

މިޔަންމާގައި އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގައި ރޮހިންގާ މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ނިންމުމާއެކު މިޔަންމާގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ ބައި މަދު ނަސްލުތަކުގެ 1.5 މިލިއަން މީހުންނ'ަށް ވޯޓެއް ނުލެވޭނެއެވެ.

އޭގެ ތެރެއިން ރާކިން ސްޓޭޓްގައި ދިރިއުޅޭ ބައެއް ބުޑިސްޓުންނަށްވެސް ވޯޓު ނުލެވޭނެއެވެ. ނަމަވެސް ދެހާސް ފަނަރަ ވަނަ އަހަރު ބޭެއްވި އިންތިހާބްގައި އެމީހުންނަށް ވޯޓު ލެވުނެވެ. އޭގެ އިތުރުން ރޮހިންގާގެ 1.1 މިލިއަން މީހުންގެ ތެރެއިން މިވަގުތު މިޔަންމާގައި ތިބި މީހުންނަށްވެސް ވޯޓު ނުލެވޭނެއެވެ.

މުހައްމަދު ޔޫސުފް ކިޔާ ރޮހިންގާ މީހަކު "އަލް ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނީ 1974 އިން ފެށިގެން 2010 އަކަށް އޭނާއަށް ވޯޓު ލެވުނު ކަމަށެވެ.

މިޔަންމާގެ އިލެކްޝަން ކޮމިޝަނުން އެކަމާ ގުޅޭގޮތުން ބަހެއް ނުލިބުނުކަމަށް "އަލް ޖަޒީރާ" އިން ބުނެއެވެ. ނަމަވެސް މިޔަންމާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިފަހަރުގެ އިންތިހާބްއަކީ މިނިވަން އަދި އެންމެނަށް ވޯޓު ލެވޭނެ އިންތިހާބަކަށް ވާނެ ކަަމަށެވެ.

މިޔަންމާގެ ސިފައިން 2017 ވަނަ އަހަރު ހިންގި ބޮޑު ގަތުލު އާންމަކަށް ފަހު އެގައުމުގައި ދިރިއުޅުނު ރޮހިންގާގެ ހަތް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ގޮސްފައެވެ.

މި ފަހަރުގެ އިންތިހާބްގައި 38 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލާ ފަސް މިލިއަން މީހުންވެސް ހިމެނެއެވެ.

މިޔަންމާގެ ގާނޫނުގައި ވާގޮތުން ޕާލަމަންޓްގެ ހަތަރު ބައި ކުޅަ އެއްބައި ގޮނޑިއަކީ މިލިޓަރީއަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ.

comment ކޮމެންޓް