ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކާއެކު ކޮސޯވޯގެ ރައީސް އިސްތިއުފާ ދެއްވައިފި

ކޮސޯވޯގެ ލީޑަރު ހާޝިމް ތަސީ--

ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުތަކާއެކު ކޮސޯވޯގެ ރައީސް ހާޝިމް ތަސީ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތއިުފާ ދެއްވީ އިއްޔެ ބޭއްްވީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އިސްތިއުފާ ދެއްވިއިރު ހާޝިމްގެ މައްސަލަ ދަ ހޭގްގައި ހުންނަ ބައިނަލްއަގުމާވީ ކޯޓުން ބަލަން މިހާރު ވަނީ ނިންމައިފަ އެވެ.

ހާޝިމް ވަނީ 1998-1999 އަށް ކުރި ހަނގުރާމައިގައި ކޮސޯވާ ލިބަރޭޝަން އާމީގެ ކޮމާންޑަރަކަށް ހަރަކާތްތެރިވެފައެވެ.

ކޯސޯވީ ލިބަރޭޝަން އާމީން ހިންގިކަމަށް ބުނާ ޖަރީމާތައް ބަލަން 2015 ވަނަ އަހަރު ވަނީ ދަހޭގްގެ ކޯޓުގައި ވަނީ ހާއްސަ ޗެމްބާއެއްވެސް އެކުލަވާލައިފައެވެ.

ހާޝިމް ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވަނީ ކޮސޯވޯގެ ރައީސްގެ މަގާމުގެ ނަޒާހާތްތެރިކަން ހިފަހެއްޓުމުގެ ގޮތުން ކަމަށެވެ.

ހާޝިމް މިހާރު ވަނީ އެގައުމުގެ ރައީސްގެ ބާރުތައް ޕާލިމަންޓްގެ ސްޕީކަރު ވުޖޯސާ އޮސްމާނީއާ ހަވާލުވެސްކުރައްވައިފަ އެވެ.

ކޮސޯވާގައި ކުރިން ކުރި ހަނގުރާމަ ނިމުމަކަށް އައީ ނޭޓޯއިން އެހަނގުރާމައިގެ ތެރެެއަށް ވަދެ ދިން ހަމަލާތަކަށް ފަހު އެވެ. އެ ހަނގުރާމައިގައި 10،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އެ ހަނގުރާމައަށް ފަހު ކޮސޯވާއަށް ސާބިިއާގެ ކިބައިން މިނިވަންކަން ލިބުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް