ޓައިގާގެ "ގަންޕަތު"ގެ ފުރަތަމަ ލުކް ދައްކާލައިފި، ފިލްމު 2022 ގައި

ފިލްމުގެ ފަސްޓްލުކް---

ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް ގެ ކުރިއަށް އޮތް ފްރެންޗައިޒް ޕްރޮޖެކްޓް "ގަންޕަތު"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ބޮކްސިން ކުޅުންތެރިއެއްގެ ރޯލުން ޓައިގާ ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރުގައެވެ. ފިލްމުގެ ފަސްޓްލުކް އިންސްޓަގްރާމްގައި ޕޯސްޓްކުރުމަށްފަހު ޓައިގާ ބުނީ ގަންޕަތު އަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި އެކްޝަން މޮޅު މަޖާ ތްރިލާ ފިލްމެއް ބަލާލަން ބެލުންތެރިންވެސް ތައްޔާރުވުމަށެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގެ ނަމަކީ "ގަންޕަތު" އެވެ. ގަންޕަތުގައި ޓައިގާ ބޮކްސާއެއްގެ ރޯލު ކުޅޭއިރު މި ފިލްމަކީ ސްޕޯޓްސް ޑްރާމާއެކެވެ. އެ ފިލްމު ކުޅުމަށް ޓައިގާ މިހާރު ޓްރެއިނިން ފަށާފައިވާއިރު ފިލްމުގެ މަންޒަރުތައް ޝޫޓްކުރަން ފަށާނީ އަންނަ މަހު ކަމަށް ޚަބަރުތައް ބުނެއެވެ. ފިލްމުގައި ޓައިގާ އާއެކު އަންހެން ލީޑުން ފެނިގެންދާނެ ތަރިއެއް އަދި ހާމަކޮށްފައެއްނުވެއެވެ.

މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ އާއި ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް