ކްރޫ މެންބަރަކާ ބެހުނު މައްސަލާގައި އެކްޓަރު ވިޖޭ ރާޒް ހައްޔަރުކޮށްފި

ވިޖޭ ރާޒް---

ކްރޫ އަންހެން މެންބަރަކާ ބެހުނު މައްސަލާގައި އެކްޓަރު ވިޖޭ ރާޒް، 57، ހައްޔަރުކޮށްފި އެވެ.

މި މަހު ދެވަނަ ދުވަހު އެކްޓަރު ހައްޔަރުކޮށްފައިވަނީ ޝޫޓެއްގެ ތެރޭ ކްރޫ މެންބަރަކާ ބެހިގެން އެ އަންހެން މީހާ މައްސަލަ ހުށައެޅުމުން ކަމަށެވެ. ޚަބަރުތައް ބުނާގޮތުގައި އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރެއްހާ ތެރޭ ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ފަންސާހަކަށްވުރެ ގިނަ ފިލްމު ކުޅެފައިވާ އެކްޓަރު ވިޖޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ އާލިއާ ބަޓްގެ "ގަންގޫބާއި" އިން ކަމަށް ޚަބަރުތައް ބުނެއެވެ. އާންމުންނާ ހަމައަށް ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ވިޖޭ ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގަލީ ބޯއި"، "ސޫރްމާ" "ދިޝޫމް" އަދި "ސަނަމް ތޭރީ ކަސަމް" ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސް ޑްރާމާ ސީރީޒް "އަ ސުއިޓަބަލް ބޯއީ" އިންނެވެ.

comment ކޮމެންޓް