ލޭބާ ޕާޓީން ޖެެރެމީ ކޯބިން ސަސްޕެންޑްކޮށްފި

ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން--

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީން އެ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ސަސްޕެންޑްކޮށްފި އެވެ.

އޭނާ ސަސްޕެންޑްކުރީ ޔަހޫދީންނާ ދެކޮޅަށް ދައްކައިފައިވާ ވާހަކަތަކާ ގުޅިގެން ކަމަށް ލޭބާ ޕާޓީން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ އީކުއާލިޓީ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނީ ކޯބިން ލޭބާ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި އިރު ޔަހޫދީންނާ ދެކޮޅަށް ވާހަކަތައް ދައްކާހެދި ކަމަށާއި އެކަމާ އަޅާނުލާ ކަމަށެވެ. އަދި އެފަދަ ޝަކުވާތައް ހުށަހެޅިއިރު 23 ފަހަަރަކު އެ މައްސަލަތަކުގެ ތެރެއަށް ކޯބިން އަތް ބާނާފައިވާކަމަށް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ލޭބާގެ މިހާރު ލީޑަރު ކެއިރު ސްޓޭމާ ވިދާޅުވީ، މިއީ އެ ޕާޓީއަށް ކުރިމަތިވި ބޮޑު ލަދެއް ކަމަށާއި އެކަންތައްތައް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ކޯބިން ވިދާޅުވީ ސަސްޕެންޝަންގެ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ލޭބާ ޕާޓީގައި ތިބޭ އޭނާގެ ދުޝްމަނުންނާއި އެހެނިހެން ޕާޓީތަކުގައި ތިބޭ އޭނާގެ ދުޝްމަނުން ކަންތައްތައް މާބޮޑުކޮށްލައިގެން އުޅެނީ ކަމަށެވެ.-- ރޮއިޓާސް،

comment ކޮމެންޓް