މަޝްހޫރު އެކްޓަރު ހިލަރީ ޑަފް އަށް ތިން ވަނަ ދަރިއަކު ލިބެނީ

ހިލަރީ ޑަފް އާއި އޭނާގެ ފިރިމީހާ މެތިއު--

ހޮލީވުޑްގެ ކާމިޔާބު ބަތަލާ ހިލަރީ ޑަފް 33، އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ހިލަރީ އާއި އޭނާގެ ފިރިމީހާ މެތިއު ކޯމާ އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ހިލަރީ އަށް ތިން ވަނަ ދަރިއަކު ލިބޭއިރު އޭނާގެ ފުރަތަމަ ކައިވެންޏަށް ވަނީ ފިރިހެން ދަރިއަކު ލިބިފައެވެ. އެއީ އަށް އަހަރުގެ ލޫކާ ކުރޫޒް ކޯމީ އެވެ. އޭގެ އިތުރުން މިހާރު އޭނާ ކައިވެނިކޮށްގެން އުޅޭ މެތިއު ކޯމާ އަށް ވެސް ވަނީ މީގެ ދެ އަހަރު ކުރިން ކުއްޖަކު ލިބިފަ އެވެ. އެފަހަރު ހިލަރީ އަށް ލިބުނީ އަންހެން ކުއްޖެކެވެ. އެއީ ދެ އަހަރުގެ ބޭންކްސް ވައިލެޓް ބްލެއާ އެވެ.

މިއުޒީޝަން މެތިއު އާއި ހިލަރީ ކައިވެނިކުރީ މިދިޔަ އަހަރުގަ އެވެ. ހިލަރީ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ 2010 ވަނަ އަހަރުގަ އެވެ. މަޝްހޫރު ހޮކީ ކުޅުންތެރިޔާ މައިކް ކޮމްރީއާ ހިލަރީ ކައިވެނިކުރިއިރު އެ ކައިވެނި ރޫޅިފައިވަނީ ވަނީ 2016 ވަނަ އަހަރުގަ އެވެ.

ހިލަރީ ވަނީ ގިނަ އަދަދެއްގެ ފިލްމާއި ސީރީޒް ތަކުގައި ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި "އަ ސިންދަރެއްލާ ސްޓޯރީ"، "ޔަންގާ" އަދި "ފްލަޑް ފައިޓް" ހިމެނެ އެވެ.

comment ކޮމެންޓް