ޔޫއޭއީގެ ފްލައި ދުބާއީ އިން ރާއްޖެއަށް ދަތުރު ފަށައިފިއެވެ.
އެ އެއާލައިނުން މީގެ ކުރިން ރާއްޖެއަށް ކުރި ދަތުރުތައް މެދުކަނޑާލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
ފްލައި ދުބާއީ އިން މާލެ އާއި ޔޫއޭއީގެ ދުބާއީ އާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ބާއްވާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައެވެ.
ފްލައި ދުބާއީ އިން ރާއްޖެ އާއި ދުބާއީ އާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓު ބާއްވާއިރު ޔޫއޭއީގެ އެމިރޭޓްސް އިން ވަނީ ރާއްޖެ އާއި ދުބާއީ އާ ދެމެދު ކުރާ ދަތުރުތަކުގެ އަދަދު ހަފްތާއަކު ހަތް ދަތުރުން 10 ދަތުރަށް އިތުރު ކުރަން ނިންމައިފައެވެ.
ކޮވިޑު19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 31،000 އަށް ވުރެ ގިނަ ފަތުުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ކުރިއަށް އޮތް ފިނި މޫސުމާއި ކްރިސްމަސްް/ނިއު އިޔާ ޗުއްޓީ އާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާއިރު، ގިނަ އެއާލައިން ތަކަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ނިންމައިފައެވެ.