ފްރާންސުގެ ރައީސް އިސްލާމުންނާ ދެކޮޅު ކަމަށް ބުނެ ޕޮގްބާ ގައުމީ ޓީމާ ދުރަށް ދަނީ

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަސޫލާއަށް ޖޯކުޖެހުމުގެ ގޮތުން ފަރަންސޭސި ނޫހަކުން ކުރަހާފައިވާ ކާޓޫނަށް ހިއްވަރު ދެއްވައި އެކާޓޫނު ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި ޝާއިއުކޮށް ފަތުރާނެކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އިމާނުއެލް މެކްރޯން އިސްލާމް ދީނަށް ދެމުން ގެންދަވާ ހަމަލާތަކާ ގުޅިގެން އެގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޕޯލް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ، އަދި ފްރާންސްގެ ގައުމީ ޓީމުން ވެސް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އޭނާ އިއްޔެގެ ވަގުތެެއްގައި ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށް މެދު އިރުމަތީގެ ގިނަ ރިޕޯޓްތަކަކުން ވަނީ ބުނެފަ އެވެ.

ރަސޫލާއަށް ޖޯކުޖަހާ ކާޓޫން ޝާއިޢު ކުރުމަށް ހިއްވަރު ދިނުމުގެ އިތުރުން ފަރަންސޭސި ރައީސް މެކްރޯންވަނީ އިސްލާމްދީނަކީ ޓެރަރިޒަމަށް ހިއްވަރުދޭ އަދި ޓެރަރިސްޓުން އުފައްދާ ދީނެއްކަމަށް ސިފަކުރައްވައި އިސްލާމްދީން އިސްލާހުކުރުމަށްވެސް ލަދުވެތިކަމެއްނެތި ފާޅުގައި ގޮވާލައްވާފައެވެ. މި ނާތަހުޒީބީ އަމަލާ ގުޅިގެން ފްރާންސްގެ ގައުމީ ޓީމުގެ މުސްލިމް ކުޅުންތެރިޔާ ޕޮގްބާ ގައުމީ ޓީމަށް ނުކުޅެން ނިންމިކަމަށް ރިޕޯޓްތަކުން ބުނެފައިވާ އިރު، އެ މައްސަލައިގައި ފްރާންސްގެ ރައީސް ކަންތައް ކުރި ގޮތުން ޕޮގްބާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ފްރާންސްްގެ ގައުމީ ޓީމަށް 72 މެޗު ކުޅެދީފައިވާ 27 އަހަރުގެ މިޑްފީލްޑަރު ޕޮގްބާ ވަނީ، އެ ޓީމަށް 10 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕުގެ ފައިނަލުގައި ޖެހި ގޯލު ވެސް ހިމެނޭ އިރު، ޕޮގްބާ އަކީ ގަވާއިދުން އެ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

މިފަހުން ކޮވިޑްގެ ޝިކާރައަކަށްވެ، ގައުމީ ޓީމުގެ ބައެއް މެޗުތައް ޕޮގްބާއަށް ގެއްލުނު ނަމަވެސް އޭނާ އަކީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އިތުބާރު ހޯދާފައިވާ ފްރާންސްގެ ސްކޮޑުގެ މުހިއްމު ކުޅުންތެރިއެކެވެ.

comment ކޮމެންޓް