ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހް މަރުވެއްޖެ

ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު އިއްޔެ ކޯޓުން ނެރެނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވެއްޖެއެވެ.

ޝާހު މަރުވެފައި ވަނީ މަހަށް ނިކުމެ އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ގއ. ވިލިނިގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު މިރޭ "ސަން" އަށް ވިދާޅުވީ މަހަށް ނިކުމެ އުޅެނިކޮށް މަރުވި މީހެއް މިރޭ 9:15 ހާއިރު އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އޭނާގެ ހަޑިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝާހުގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އޭނާ މިނިވަންވީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިއިރު، ތިން އަހަރަށްވުރެ ގިނަ ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުން އުނިކުރުމުން ކަމަށް ކަރެކްޝަންސް އިން މިރޭ ބުންޏެވެ.

މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ޝަހުގެ މައްޗަށް ވަނީ އުފުލައިފައެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެ ހަތަރު މައްސަލަވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމްކުރައްވައިފަ އެވެ. އެ ހުކުމްތައް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް