މިއަދުގެ ޕޮޒިޓިވް އަދަދު 84 އަށް

އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑު19 އަށް ޕޮޒިޓިވްވީ 84 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅު ތެރެއިން ޕޮޒިތިވްވި 54 މީހެކެވެެ. އެއީ ޖުމްލަ 26 ދިވެހިންނާއި 58 ބިދޭސިންނެވެ.

މިއާއެކު ރާއްޖެެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 11،505 އަށް އަރައިފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 2،231 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖޭގައި ބަލިޖެހި، ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 10،524 އެވެ.ފާއިތުވި 24 ގަޑިއިރު ތެރޭ 52 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު 937 މީހަކު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުންދާއިރު 307 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. 37 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު 22 ރަށެއްގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ 45 މީހުން އެބަތިބި ކަމަށެވެ. އަދި 24 ރިސޯޓެއްގައި 26 ފަތުރުވެރިންނާއި 82 ސްޓާފުން އެބަތިއްބެވެ.

ކޮވިޑު ޖެހިގެން 37 މީހަކު ވަނީ ރާއްޖޭގައި މަރުވެފައެވެ.

comment ކޮމެންޓް