ޓްރީ ޓޮޕް ހޮސްޕިޓަލުން އޮސްޓިއޮޕްރޯސިސްއަށް ވެސް ފަރުވާ ކުރެވޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ރިއުމަޓޮލޮޖިސްޓް ޑރ. ފާމިން ގޮންޒާލޭޒް-- ފޮޓޯ/ޓީޓީއެޗް

ދުނިޔޭގެ އޮސްޓިއޮޕްރޯސިސް ދުވަހާ ގުޅިގެން މި ގެނެސްދެނީ ރާއްޖޭގައި ތިބި މަދު ރިއުމަޓޮލޮޖިސްޓުން ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ރިއުމަޓޮލޮޖިސްޓް (ހުޅުހުޅުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު) ޑރ. ފާމިން ގޮންޒާލޭޒް، މި ބައްޔާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގެ ދިވެހި ތަރުޖަމާ އެވެ. ޑރ. ފާމިންއަކީ އާތުރައިޓިސް އަދި އޮސްޓިއޮޕްރޯސިސް ހިމެނޭ ގޮތަށް ހުޅުހުޅުގެ ބަލިތައް ދެނެގަނެ، ފަރުވާ ދެއްވުމުގައި ތަޖުރިބާކާރު ޑޮކްޓަރެކެވެ.

1. އޮސްޓިއޮޕްރޯސިސްއަކީ ކޮބާ؟

އޮސްޓިއޮޕްރޯސިސްއަކީ ގައިގެ ކަށިތަކުގައި ކެލްސިއަމް ހުންނަ މިންވަރު ދަށްވުމުން ދިމާވާ ބައްޔެއް. ގައިގެ ކަށިތަކުގެ ތެރެއިން ކޮންމެ ކަށްޓަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވޭ. އެންމެ ގިނައިން މި ބަލީގެ އަސަރު ކުރަނީ މައިބަދައާއި އުކުޅުވަޅު ހުޅަށް.

2. އޮސްޓިއޮޕްރޯސިސް ޖެހެން މެދުވެރިވަނީ ކީއްވެ؟

މި ބަލި ޖެހުމަށް މަގުފަހިވާ އެކި ސަބަބުތައް ހުރޭ. ނަމަވެސް ޖުމުލަކޮށް ދަންނަވާނަމަ އޮސްޓިއޮޕްރޯސިސް ޖެހެން މެދުވެރިވަނީ ސެލްތަކުން ކަށި އުފެއްދުމާއި ނައްތާލުމުގައި ފަރަގެއް ހުރުމުން.

3. އޮސްޓިއޮޕްރޯސިސް ޖެހުމުގެ ފުރުސަތު ބޮޑީ ކޮންބަޔަކަށް؟

މި ބަލީގެ ރިސްކް ފެކްޓާތައް ދެ ކެޓަގަރީއަކަށް ބަހާލެވިދާނެ. އެއީ މޮޑިފަޔަބަލް އަދި ނޮން މޮޑިފަޔަބަލް. މޮޑިފަޔަބަލް ބައިގައި ހިމެނޭ ފެކްޓާތަކަކީ ހެލިފެލިވެ އުޅުން މަދުވުން، ބަރުދަން ލުއިވުން، ޑައިޓް، ބަނގުރާ ބުއިން، ދުންފަތުގެ އިސްތިއުމާލު ކުރުން، ބައެއް ކަހަލަ ބޭސްތައް [މިސާލަކަށް ގްލޫކޮކޯޓިކޮއިޑްސް، އެންޓިކޮންވަލްސަންޓް] ބޭނުންކުރުން.

ނޮން މޮޑިފަޔަބަލް ބައިގައި ހިމެނޭ ފެކްޓާތަކަކީ އުމުރު، އިއްދައިން ކެނޑުން، ޖިންސު، ނަސްލު [އޭޝިއާ މީހުންނާއި ދޮން ނަސްލުގެ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު]. އަދި ރިއުމަޓޮއިޑް އާތުރައިޓިސް، ސޮރިއަޓިކް އާތުރައިޓިސް އަދި ސްޕޯންޑީލޯއާތުރައިޓިސް ފަދަ ބަލިތައް ޖެހުމުން ވެސް އޮސްޓިއޮޕްރޯސިސްއަށް މަގުފަހިވޭ.

4. އޮސްޓިއޮޕްރޯސިސްގެ އަލާމާތްތައް ފެންނަން ފަށަނީ ކޮން އިރަކު؟ އަދި އެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކެއް ނުވަތަ ކްލިނިކަލް ސައިންސް ނުހުރޭ. ކަށްޓެއްގައި ރެނދުލުން ފަދަ ކަމެއް ދިމާވުމުގެ ކުރިން މި ބަލި ޖެހިފައިވާކަން ނޭނގޭތީ މިބައްޔަށް "ސައިލެންޓް ޑިޒީސް"އޭ ވެސް ކިޔާ. މި ސަބަބުތަކާ ހުރެ މި ބަލި ޖެހުމަށް މަގުފަހިވާ ކަންކަން ދެނެގަނެ، ބަލީގެ ޕްރިވެންޝަންއަކީ ކުރެވިދާނެ ކަމެއް.

5. ރާއްޖޭގައި ހޭދަކުރެއްވި މުއްދަތުގައި އޮސްޓިއޮޕްރޯސިސްގެ ވަރަށް ގިނަ ކޭސްތައް ފެނޭތޯ؟

ރާއްޖެއިން ފެންނަ ކޭސްތައް ވަރަށް ގިނަ. އަދި ރާއްޖެއިން ފެންނަ މި ބަލީގެ ގިނަ ކޭސްތަކަކީ އިއްދައިން ކެނޑޭ އުމުރުގެ އަންހެނުންނާއި އަދި ކުރިންވެސް ދެންނެވި ފަދައިން އިންފްލަމޭޓަރީ އާތުރައިޓިސް ހުންނަ މީހުން. ޕޭޝަންޓުން ކައިރިން ސުވާލުކުރިން އިއްދައިން ކެނޑޭ އުމުރަށް ދިއުމުން ކަށިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ބޯން މިނެރަލް ޑެންސިޓީ ހަދަން ޖެހޭކަން އެނގޭތޯ. އާންމުކޮށް ލިބޭ ޖަވާބަކީ އެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް.

6. އޮސްޓިއޮޕްރޯސިސްއަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކޮބާ؟

މި ބަލީގެ ފަރުވާ ބެހިގެންވަނީ ދެބަޔަކަށް. އެއީ ފާމަކޮލޮޖިކަލް [ބޭސްވެރިކަން] އަދި ނޮން ފާމަކޮލޮޖިކަލް ފަރުވާ. ބޭސްވެރިކަމުގެ ބޭރުން ހުރި ފަރުވާތަކުގެ ތެރެއިން ހެލިފެލިވެ އުޅުމަކީ ވަރަށް އެދެވިގެންވާ ކަމެއް. އަދި ކެއިންބުއިމުގެ އާދަތަކަށް ބަދަލުގެނެސް، ކެއުމުގައި ޑެއިރީ އުފެއްދުންތައް އިތުރުކުރަންވާނެ. ބޭހުގެ ފަރުވާއަށް ބަލާއިރު އޯރަލް މެޑިކޭޝަން، އިންޓްރަވީނަސް [އައިވީ އިންޖެކްޝަން] އަދި ސަބްކިއުޓޭނިއަސް [ހަމުގެ ފަށަލަތަކާއި މަސްތަކާ ދެމެދަށް ޖަހާ] އިންޖެކްޝަން ވެސް ހުރޭ.

7. އޮސްޓިއޮޕްރޯސިސްއަށް ޓްރީ ޓޮޕްއިން ދޭ ފަރުވާގެ މަގްސަދަކީ ކޮބާ؟

މި ފަރުވާގެ މަގްސަދަކީ ބޯން މިނެރަލް ޑެންސިޓީ ހެދުމަށްފަހު، ނަތީޖާއަށް ބަލައިގެން ކަށިތަކުގެ ބަރުދަން އިތުރުކުރުން.

8. އޮސްޓިއޮޕްރޯސިސްއަށް ސްކްރީން ކުރެވިދާނެތަ؟

ކުރެވިދާނެ. ރިސްކް ފެކްޓާތައް ހުންނަ ޕޭޝަންޓުން ބީއެމްޑީ [ބޯން މިނެރަލް ޑެންސިޓީ] ހަދަންވާނެ. ވަކިން ހާއްސަކޮށް އަންހެނުން އިއްދައިން ކެނޑުމުން، އުމުރުން ދުވަސްވެފައިވާ ފިރިހެނުން އަދި ރިއުމެޓިކް ބަލިތަކުގައި ދިގު މުއްދަތަކަށް ބޭސްކުރަމުންދާ މީހުން ބީއެމްޑީ ހަދަންވާނެ.

9. އޮސްޓިއޮޕްރޯސިސްއިން ދުރުވާން ކުރެވޭނީ ކޮންކަމެއް؟

މި ބަލީގެ ޕްރިވެންޝަންގައި ޕޭޝަންޓް އާއި ޑޮކްޓަރުގެ ވެސް ދައުރު އެބައޮތް. މިސާލަކަށް އަންހެނުން އިއްދައިން ކެނޑުމުން ކޮންމެ އަހަރަކުވެސް އެއްފަހަރު ބީއެމްޑީއެއް ހަދައި، ކެލްސިއަމް އަދި ވިޓަމިން ޑީ ސަޕްލިމެންޓް ނަގަން ފަށަންވާނެ.

10. ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮސްޓިއޮޕްރޯސިސް ދެނެގަނެ، ފަރުވާކުރަން ހުރި ފެސިލިޓީތަކަކީ ކޮބާ؟

ޓީޓީއެޗްގައި އެބަހުރި ބޯން ޑެންސިޓީ ދެނެގަތުމަށް ބޭނުންކުރެވޭ ޑެކްސާ ސްކޭން. މިއީ ރޭޑިއޮލޮޖީ ސްޓަޑީއެއް. މި ސްކޭނުން ބޯން ޑެންސިޓީ ދެނެގަންނާނީ ކަށީގައި ކެލްސިމް ހުންނަ މިންވަރަށް ބަލައިގެން. ފަރުވާއަށް ބަލާއިރު، ހަފުތާއަކު އެއްފަހަރު ކާ ބޭސްތަކާއި މީގެ އަހަރެއްހާ ދުވަސްކުރިން ހުޅުވި މި ހޮސްޕިޓަލުގެ އިންފިއުޝަން ޔުނިޓުން އަހަރަކު އެއްފަހަރު ދޭ އައިވީ އިންފިއުޝަން ހިމެނޭ. އޮސްޓިއޮޕްރޯސިސްގެ އިތުރުން ރިއުމަޓޮއިޑް އާތުރައިޓިސް، ސޯރިއަޓިކް އާތުރައިޓިސް، ސްޕޮންޑީލޯއާތުރައިޓިސް އަދި ސިސްޓެމިކް ލޫޕަސްއަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ލިބޭނެ.

11. އޮސްޓިއޯޕްރޯސިސްއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދެއްވާ ލަފަޔަކީ ކޮބާ؟

ހަގީގަތުގައި މިކަމަށް އޮތް އަސްލު ފަރުވާއަކީ ޕްރިވެންޝަން. [ކެއިންބުއިމުގެ އާދަތަކާއި ހެލިފެލިވެ އުޅުމުން] އަދި ކޮންމެ އަހަރަކުވެސް އެއްފަހަރު ބީއެމްޑީ ހެދުން. ކަށީގައި ރެނދެއް ލައިފިނަމަ، އިތުރު ރެނދެއް ލުމުގެ ފުރުސަތު ދެގުނަ ނުވަތަ ތިންގުނައަށް އިތުރުވޭ. މުޅި ދުނިޔޭގައި ވެސް މި ބަލީގެ ރިސްކު ވަރަށް މަތި. އެހެންކަމުން އިއްދައިން ކެނޑި، އުމުރުން 50 އަހަރުން މަތީގެ ޕޭޝަންޓެއް ނަމަ ނުވަތަ ރިއުމެޓިކް ބައްޔަކަށް ފަރުވާ ހޯދަމުންދާ އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ޕޭޝަންޓެއް ނަމަ ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިންމު.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ރިއުމަޓޮލޮޖިސްޓް ޑރ. ފާމިން ގޮންޒާލޭޒްއާ ބެހޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ޓްރީ ޓޮޕްގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

comment ކޮމެންޓް