އަޔޫޝްމަން އާއި ވާނީ އެކުގައި ކުޅޭ ފިލްމުގެ ނަން ހާމަކޮށްފި

ޗަންދީގަރް ކަރޭ އާޝީގީ އިން ފެނިގެންދާ ލީޑު ދެތަރިން: މި ފިލްމަކީ އަޔޫޝްމަން އާއި ވާނީ އެކުގައި ކުޅޭ ފުރަތަމަ ފިލްމު---

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާ އާއި ވާނީ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިން ފަށައި ފިލްމުގެ ނަން ހާމަކޮށްފި އެވެ.

ފިލްމުގެ ޝޫޓިންއަށް ވާނީ މިދިޔަ ހަފްތާގައި ޗަންދީގަރަށް ދިޔައިރުވެސް ފިލްމުގެ ނަމެއް އެނގިފައެއްނުވެ އެވެ. އިއްޔެ ވާނީ އާއި އަޔޫޝްމަން ކުރި ޕޯސްޓެއްގައި ބުނީ މި ފިލްމުގެ ނަމަކީ "ޗަންދީގަރް ކަރޭ އާޝީގީ"އެވެ. އަބީޝޭކް ކަޕޫރު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ މަންޒަރުތައް ނަގާނީ ވެސް ޗަންދީގަރުގެ ހިތްގައިމު މާހައުލުގަ އެވެ.

މި ފިލްމުން ފުރުސަތު ލިބުމުން ވާނީ ބުނީ އަބީޝޭކްގެ ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާ އަބަދު ވެސް ދެކުނު ހުވަފެނެއް ކަމަށާއި އަބަދުވެސް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި އަޔޫޝްމަން އަކީ ހުނަރުވެރި އެކްޓާރެއް ކަމަށާއި އޭނައާ އެކުގައި ފިލްމަކުން ފެނިލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. އަދި މި ފިލްމުވެގެންދާނީ އަޔޫޝްމަން އާއި ވާނީ ދެމީހުން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އެތްލީޓެއްގެ ރޯލުން އަޔޫޝްމަން މި ފިލްމުން ފެނިގެންދާއިރު މި ފިލްމު ކުޅުމަށް އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

comment ކޮމެންޓް