ރަތަފަންދޫގައި މާރާމާރި ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫގަައި މާރާމާރި ހިންގި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި މާރާމާރި ހިނގާފައި ވަނީ ދެ ބައެއްގެ ދެމެދުގައި ކަމަށާއި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވި ކަމަށެވެ.

މާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ރޭ ދަންވަރު 2:30 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ރަތަފަންދޫ ސިއްހީމަރުކަޒު އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށާއި އެ މައްސަލައާ ގުޅިގެން 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް