އޭޝްލީ ޓިސްޑޭލް އަށް ލިބެނީ އަންހެން ކުއްޖެއް

އޭޝްލީ ޓިސްޑޭލް އާއި ކްރިސްޓޮފާ---

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހައި ސްކޫލު މިއުޒިކަލް ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލާ އޭޝްލީ ޓިސްޑޭލް 35، އަށް ލިބޭ ދަރިފުޅުގެ ޖިންސު ހާމަކޮށްފިއެވެ.

އޭޝްލީ އަށް ލިބެން އުޅޭ ދަރިފުޅުގެ "ޖެންޑާ ރިވީލިން" ޕާޓީ ބޭއްވިއިރު އޭނާއަށް ލިބެނީ އަންހެން ކުއްޖެއްކަން ވަނީ އެނގިފައެވެ. އޭޝްލީ ކައިވެނިކޮށްގެން އުޅެނީ މިއުޒީޝަން ކްރިސްޓޮފާ ފްރެންޗްއާ އެވެ. އަންހެން ދަރިއަކު ލިބޭކަން ހާމަކުރަމުން އޭޝްލީ ބުނީ މިއަހަރަކީ ހުރިހާ ގޮތަކުންވެސް ދަތި އަހަރެއްކަމަށާއި ނަމަވެސް މިއަދު މިއީ އޭނާއަށް އެންމެ ކަމުދާ "ފޭވަރިޓް" ދުވަސްކަމަށެވެ.

"މިއީ ހަމަ ހަނދާނުން ނުފޮހެލެވޭނެ ދުވަހެއް. އުފަލުން ހަމަ ރޮވުނު،"

އޭޝްލީ ބުނީ މަންމައަކަށް ވާތީ ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއީ އެދެތަރިންގެ ވެސް އަލަތު ދަރިފުޅެވެ. ދެތަރިންގެ ހަވަނަ އަހަރުވީ އެނިވާސަރީ ފާހަގަ ކުރީ މި މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް