ވިލާ ކޮލެޖްގެ ސްޓާފް އެކްސެލެންސް އެވޯޑް ފަސް ފަރާތަކަށް ދީފި

ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސް ތެރޭގައި އެ ކޮލެޖުގެ ދަރިވަރުން: އެ ކޮލެޖުގެ ސްޓާފް އެކްސެލެންސް އެވޯޑު ފަސް ފަރާތަކަށް ވަނީ ދީފައި --- ފައިލް ފޮޓޯ/ ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ސްޓާފް އެކްސެލެންސް އެވޯޑު ފަސް ފަރާތަކަށް ދީފި އެވެ.

އެ އެވޯޑަކީ ވިލާ ކޮލެޖުގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެބޭފުޅަކު މަސަކަތްކުރާ ދާއިރާއަކުން އެންމެ ޚިދުމަތްތެރި މުވައްޒަކު ހޮވުމަށް ދެވޭ އެވޯޑެކެވެ.

އަށް ދާއިރާއަކަށް ބެހިފައިވާ މި އެވޯޑް ޙާސިލް ކޮށްފައިވަނީ:

- އެކްސެލެންސް އިން ރިސާރޗް އެންޑް ސުޕަވިޝަން ދާއިރާއިން އެވަރޑް ހާސިލް ކުރީ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ރިސްރޗް އެސިސްޓަންޓް، ހިދާޔާ މުޙައްމަދު ޒާހިރު

- އެކްސެލެންސް އިން ޓީޗިންގ އެވޯޑް ހާސިލްކޮށްފައިވަނީ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ލެކްޗަރަރ، ޢައިޝަތު ތަޝްކީލް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ލެކްޗަރަރ، ޢައިޝަތު މުހުދާ

- އެކްސެލެންސް އިން ސަޕޯޓްސަރވިސަސް އެވޯޑް ހާސިލް ކުރީ ސެންޓަރ ފޯ އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީގެ ކޮމްޕއުޓަރ ޕްރޮގްރާމަރ، މުޙައްމަދު ޝާހިދުލް އިސްލާމް

- އެކްސެލެންސް އިން ކަސްޓަމާ ސަރވިސް އެވޯޑް ހާސިލްކޮށްފައި ވަނީ ޕޮލިސީ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓަރ، މަރިޔަމް ނަޒްވިޔާ

މީގެ އިތުރުން، މި އިވެންޓުގައި ވިލާ ކޮލެޖުގެ ސްޓާފް ކުލަބުގެ ފަރާތުން ހިންގި މުބާރާތްތަކުން ވަނަ ވަނަ އަށް އައި މުވައްޒަފުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އެގޮތުން، ކޮލެޖުގެ ސްޓާފް ކުލަބުން ބޭއްވި ބިގެސްޓް ލޫޒަރ މުބާރާތް، ވީސީ ރަން، ޤުރްއާން މުބާރާތް، މަދަހަ މުބާރާތް، ވީސީ އައިޑޮލް އަދި މިއީ ކާކު ޗެލެންޖުން ވަނަ ވަނަ އަށް އައި މުވައްޒަފުންނަށް ޚާއްސަ އިނާމުތައް ވަނީ ދީފަ އެވެ،

އަބަދުވެސް ވިލާ ކޮލެޖުގެ އަމާޒަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރު ކޮށްދިނުން ކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.

އެގޮތުން ކުރިއަށް ހުރި އަހަރު ތަކުގައިވެސް ހިތްވަރާއެކު އެ މިސްރާބަށް މަސައްކަތް ކުރުމަކީ މުވައްޒަފުންގެ އެންމެ ބޮޑު އަމާޒު ކަމުގައި ކޮލެޖުން ފާހަގަ ކުރި އެވެ.

comment ކޮމެންޓް