ބޮލީވުޑްގެ ޖޯޑު ނެހާ ދޫޕިއާ އާއި އަންގަދު ބޭދީ ވެސް ރާއްޖޭގައި

ބަތަލާ ނެހާ އާއި އަންގަދް---

ބޮލީވުޑްގެ ލޯބި ޖޯޑު ނެހާ ދޫޕިއާ އާއި އަންގަދް ބޭދީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ދެތަރިން ވެސް ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. މޫވެންޕިކް ކުރެދިވަރު މޯލްޑިވްސްގެ ހިތްފަސޭހަ މާހައުލުގައި ދެމީހުން ޗުއްޓީ ހޭދަކުރަމުންދާއިރު ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ރާއްޖެއަށް ތައުރީފްކޮށް ފޮޓޯޓައް އިންސްޓަގްރާމް ސްޓޯރިއަށް ލަމުން ނެހާ ބުނީ ރާއްޖެއަކީ ހިތްގައިމު ތަނެއް ކަމަށެވެ.

ޕޫލުގައި ނަގާފައިވާ ފޮޓޯތަކެއް ނެހާ އާއި އަންގަދް އިންސްޓާގައި ޕޯސްޓްކުރިއިރު އެ ފޮޓޯތަކަށް ގިނަ ތަރިން ވެސް ވަނީ ކޮމެންޓްކޮށްފަ އެވެ.

ދެހާސް އަށާރަވަނަ އަހަރު ކައިވެނިކުރި ދެތަރިންގެ ދެ އަހަރުގެ އަންހެއް ކުއްޖެއްވެސް އެބަހުއްޓެވެ. ދަރިފުޅުގެ ނަމަކީ މެހެރް އެވެ. ނެހާ އާއި އަންގަދު ރާއްޖޭގައި ތިބި އިރު އެކްޓަރު ވަރުން ދަވަން ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މީގެ ކުރިން ވެސް ނެހާ އާއި އަންގަދް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

comment ކޮމެންޓް