އެގްރިކަލްޗާ އޮންލައިން ސިސްޓަމް ތައާރަފުކޮށް، ދަނޑުވެރިކަމުގެ ހިދުމަތްތައް އޮންލައިންކޮށްފި

ތޮއްޑޫގެ ކަރާދަނޑުތައް---ސަން ފޮޓޯ

ދަނޑުވެރިކަމާ ގުޅޭ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ 'އެގްރިކަލްޗާ އޮންލައިން ސިސްޓަމް' ތައާރަފުކޮށްފި އެވެ.

މި ސިސްޓަމް ތައާރަފުކޮށްދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސިސްޓަމަކީ ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި ކުރިއަށްގެންދާ ސިންގަލް ވިންޑޯ ޕްރޮގްރާމުގެ އެގްރިކަލްޗާ މޮޑިއުލްގެ ދަށުން ތައާރަފުކުރި ސިސްޓަމެއް ކަމަށެވެ.

އަލަށް ތައާރަފްކުރި މި ސިސްޓަމަށް ލޮގިން ވާން ޖެހެނީ އީފާސް މެދުވެރިކޮށެވެ. މި ސިސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގެ ހުއްދައަށް އެދި، ހުއްދަ ދޫކުރުމާއި ދަނޑުބިން ރަޖިސްޓްރީ ކުރުން ހިމެނެ އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ސިސްޓަމް އޮޕަރޭޓު ކުރާނީ ދަނޑުވެރިކަމާ ގުޅޭ ހިދުމަތްތައް އެކި ފަރާތްތަކަށް ބަހާލައިގެން، އެ ފަރާތްތަކަށް ދައުރުތައް ކަނޑައަޅައިގެން ކަމަށެވެ.

comment ކޮމެންޓް