ވަޑާމުގެ ސާމާނު ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަަލަށްލުމަށް ހުކުމްކޮށްފި

ވައްކަމުގެ މަސައްލާގައި ޖަލަށް ހުކުމް ކުރި ހުސައިން ޝާހް -- ފޮޓޯ ޕޮލިސް

ވަޑާމުގެ ސާމާނުތަކެއް ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެގެން މި މަހު ހަތަރު ވަނަ ދުވަހު ހދ. ވައިކަރަދޫ މެޖިސްޓްރޭޓުން ހުކުމް ކުރީ އެރަށު ޕެރިމްރޯޒް، ހުސައިން ޝާހް 36، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލީ، މިދިޔަ މާޗު މަހު 17 ވަނަ ދުވަހު ވައިކަރަދޫ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ވަޑާމުގެ ސާމާނުތަކެއް ވަގަށް ނެގި މައްސަލައިގަ އެވެ.

އޭނާ ވަގަށް ނަގާފައިވަނި ސަރކިއުލާ ކީހަކާއި، ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެކެވެ.

އެ ދައުވާއަށް އިބްތިދާއީ މަޖިލިހުގައި އޭނާ އިއުތިރާފުވުމުން ދިވެހިރާއެްޖޭގެ ޤާނޫނުލްޢުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން ވައްކަންކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކުރި އެވެ.

comment ކޮމެންޓް