ހެޕީ މާކެޓްގެ ގްރީން ފްލީޓް ތައާރަފުކޮށް އާ ޝޯ ރޫމެއް ހުޅުވައިފި

ހެޕީ މާކެޓްގެ އާ ޝޯ ރޫމެއް ހުޅުވައި، ގްރީން ފްލީޓް ރަސްމީކޮށް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ހެޕީ މާކެޓުން ބޭނުންކުރަމުން ގެންދިޔަ އުޅަނދުތައް ރަސްމީކޮށް ބެޓެރި އުޅަނދުތަކަށް ބަދަލުކޮށް "ގްރީން ފްލީޓް" އެއް ލޯންޗުކޮށް އަދި އެކުންފުނީގެ ޕްރޮޑަކްޓުތައް އެއް ތަނަކުން ބަލައިލެވޭ ބޮޑު އެކްސްޕީރިއެންސް ސެންޓަރު، ޝޯ ރޫމް އެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

ގްރީން ފްލީޓް މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ ހުޅުމާލޭގައި އެ ޝޯ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެ ޝޯ ރޫމް މިއަދު ހުޅުވައިދީފައިވަނީ ހެޕީ މާކެޓްގައި އެންމެ ގިނަ ދުވަސް ވަންދެއް މަސައްކަތް ކޮށްފައިވާ މުވައްޒަފެއް ކަމަށްވާ އަލީ ދީދީ އެވެ.

ހެޕީ މާކެޓްގެ އާ ޝޯ ރޫމެއް ހުޅުވައި، ގްރީން ފްލީޓް ރަސްމީކޮށް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ އަލަށް ހުޅުވި ޝޯ ރޫމްގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭގައި އުޅޭ ވިޔަފާރި ވެރިންނަށް އެތަނަށް ގޮސް ޕްރޮޑަކްޓްތައް ބަލައިލާ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"މިކޮޅުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ޕްރޮޑަކްޓްތައް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އަލީ އިހުސާން އިތުރަށް ވިދާޅުވީ އެތަނުން ލިބޭ ޕްރޮޑަކްޓުތަކުގެ ތެރެއިން ގަނޑުކުރި ބާވަތްތަކުގެ ތެރޭގައި ބައެއް ކަހަލަ ތަރުކާރީ އާއި ކުކުޅުގެ އިތުރުން ގެރި އަދި އަސްދޫނި ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ހެޕީ މާކެޓްގެ އާ ޝޯ ރޫމެއް ހުޅުވައި، ގްރީން ފްލީޓް ރަސްމީކޮށް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ޑެއިރީ ޕްރޮޑަކްޓުތަކުގެ ތެރޭގައި ޗީޒް ފަދަ ތަކެތި ހިމެނޭ ކަމަށާއި އޭގެއިތުރުން ދަޅުގައި ބަންދުކުރި ކާއެއްޗެހިވެސް އެތަނުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިމަގުގައި މި ތަނަކީ މިތަނުގައި ލިބޭ އައިޓަމްތައް ރަހަ ދައްކައި އެކްސްޕީރިއެންސް ކޮށްލެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

މިއަދު ރަސްމީކޮށް ތައާރަފުކުރި ގްރީން ފްލީޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެކުންފުނީގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ހެޕީ މާކެޓްގެ އާ ޝޯ ރޫމެއް ހުޅުވައި، ގްރީން ފްލީޓް ރަސްމީކޮށް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

އެގޮތުން އެކުންފުނީގައި ގެންގުޅެމުންދިޔަ 35 އުޅަނދުގެ ބަދަލުގައި ދެން ބޭނުން ކުރަން ފަށާނީ ބެޓެރި އުޅަނދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބެޓެރި އުޅަންދުތައް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު އެ އުޅަނދުތައް، ހެޕީ މާކެޓްގެ ހުރިހާ އައުޓްލެޓެއް ހުންނަ ސަރަހައްދެއްގައި ވެސް ބޭނުންކުރަން ފަށާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ހެޕީ މާކެޓް އިން ބުނެފައިވަނީ އަލަށް ތައާރަފުކުރި ފްލީޓުގައި 20 އަށްވުރެ ގިނަ ބެޓެރި ވެހިކަލް ހިމެނޭނެ ކަމަށެވެ.

comment ކޮމެންޓް