މިއަދުގެ ޕޮޒިޓިވް ނަންބަރު 35 ގައި

ކޮވިޑް ސާމްޕަލް ނަގާ ޓީމް: މިއަދު ރާއްޖެ އިން ޕޮޒިޓިވްވެފައި ވަނީ 35 މީހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 35 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި ފަސް ބިދޭސީން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އަނެއް ތިން މީހުން ތިބީ އަތޮޅު ތެރޭގަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 35 މީހުން ޕޮޒިޓިވްވެފައި ވަނީ 1123 ސާމްޕަލް ނަގައިގެންނެވެ. އޭގެ ތެރޭގައި ރިޕީޓެޑް ސާމްޕަލް ވެސް ހިމެނޭނެ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10656 އަށް އަރާފަ އެވެ. އޭގެ ތެރެއިން 9،547 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1068 މީހެކެވެ.

އޭގެ ތެރެއިން 63 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު 387 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް