ކުޅުދުއްފުއްޓާއި އިތުރު ފަސް ރަށެއްގެ މޮނިޓަރިން ހާލަތު އުވާލައިފި

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު --- ފޮޓޯ: ކުޅުދުއްފުށި.ކޮމް

ކުޅުދުއްފުށި ސިޓީއާއި އިތުރު ފަސް ރަށެއްގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުވާލައިފި އެވެ.

އިއްޔެ ކުޅުދުއްފުށިން ފުލުހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން އެ ސިޓީއާއި އިތުރު ފަސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި މީހާ އެ ފަސް ރަށަށް ދަތުރުކޮށްފައިވުމުންނެވެ.

އެ ފަސް ރަށަކީ ހއ. ހޯރަފުށި، ހއ. ދިއްދޫ، ށ. ފުނަދޫ، ހއ. ބާރަށް އަދި ހދ. ކުރިނބީ އެވެ.

ކުޅުދުއްފުއްޓާއި އެ ފަސް ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާކަން އެޗްޕީއޭއިން ވަނީ އެ ރަށްރަަށަށް މިއަދު އަންގައިފަ އެވެ.

އެ ރަށްރަށުގެ މޮނިޓަރިންގެ ހާލަތު އުވާލީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމުމުންނެވެ.

comment ކޮމެންޓް