އަގުހުރި އޮފާތަކަކާއެކު, އައިކެއާގެ މުޅިން އައު އައުޓްލެޓެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.
މި އައުޓްލެޓް ހުޅުވާފައިވަނީ އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކުޅުދުއްފުށީގައި ފިހާރަ ހުޅުވުމާ ގުޅިގެން، އަވިއައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ޚާއްސަ ޑިސްކައުންޓެއް ލިބޭނެކަމަށާއި ފުރަތަމަ 50 ކަސްޓަމަރުންގެ ތެރެއިން އެއް ކަސްޓަމަރަކަށް ފައިސާ އަނބުރާ ލިބޭނެ ޚާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
އައިކެއާއިން ބުނީ، ކުޅުދުއްފުށީގައި އަލަށް ހުޅުވި އައުޓްލެޓުން ލޮލުގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތަކެއް ލިބެން ހުރިއިރު އެކި ބާވަތްތަކުގެ، ގިނަ އަދަދެއްގެ އައިނު ވެސް ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން، ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނާއި އަވިއައިނާއި ފްރޭމްތައް ލިބެންހުންނާނެ ކަމަށް އައިކެއާއިން ބުންޏެވެ.
މީގެ އިތުރުން އެ އައުޓްލެޓުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސާއި، އެ މީހަކަށް ޚާއްސަ، ކަސްޓަމައިޒްޑް އުފެއްދުންތައް ވެސް ލިބެން ހުންނާކަން އައިކެއާއިން ވަނީ ފާހަގަކޮށްފައެވެ.
އައިކެއާގެ ފަރާތުން ބުނި ގޮތުގައި މި އާ އައުޓްލެޓް ކުޅުދުއްފުށީގައި ހުޅުވާފައިވަނީ، އެ ސިޓީއަށް ލޮލުގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތައް ބޭނުންވާ މިންވަރު އިތުރުވުމުންނާއި ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފައި ކޮށްދިނުމުގެ ގޮތުންނެވެ.
އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތް ކުރުން ކަމަށްވަނީ ބުނެފައެވެ.